ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ހޭދަވީ 2.4 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

Ads by Asuru

ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ މި ދަތުރުފުޅުގެ ދެކޮޅު ޓިކެޓަށް ޖުމުލަ 2،020،482.60 ރުފިޔާ ޚަރަދު ވެފައިވެއެވެ.

30 ބޭފުޅުންގެ ޕޮކެޓް މަނީގެ ގޮތުގައި 300،495 ރުފިޔާ ހަރަދުވެފައިވާއިރު، ދިވެހިންނާ ބައްދަލުކުރެއްވުމުގެ އިވެންޓް ޚަރަދުގެ ގޮތުގައި 3،374.79 ރުފިޔާ ހޭދަ ވެފައިވެއެވެ.

އަދި ސިމްކާޑާއި ވީޕީއެން ޚަރަދަށް 14،341.69 ރުފިޔާ ޚަރަދު ވެފައިވާއިރު، އިންސިޑެންޓަލް ޚަރަދުގެ ގޮތުގައި 89،419.85 ރުފިޔާ ވަނީ މި ދަތުރުފުޅުގައި ހަރަދުވެފައެވެ.

އެހެންކަމުން ރައިސްގެ ޗައިނާ ދަތުރުފުޅަށް ޖުމުލަ ޚަރަދު ވެފައިވަނީ 2،428،113.93 ރުފިޔާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުގައި މުހިންމު 20 އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.