މި އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަންސަވީހުގެ ނިޔަލަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް 1922 ޓިކެޓް ދީފައިވާ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ހީނާ މިގޮތަށް ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ

ހީނާ ވިދާޅުވީ، ބޭސްފަރުވާ ކުރުމަށް އެދި ހުށައަޅާ ފަރާތްތަކަށް އެއޮންނަ އުޞޫލުގެ ތެރެއިން އެކަން ހަމަޖައްސައި ދެނީ އެންސްޕާ / އާސަންދައިން ކަމަށެވެ.

އަދި އެކޭސްތަކަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާ އުޞޫލެއް ނޯންނަ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

”މި ޖެނުއަރީ މަހުގެ 1-25 އަށް ބޭސްފަރުވާއަށް ދިއުމަށް 1922 ޓިކެޓް އިޝޫކޮށްފައިވޭ” ހީނާ ކުރެއްވި ޕޯސްޓްގައިވެއެވެ.

ހީނާ ވިދާޅުވީ ބޭސްފަރުވާ ކުރަން ދާން ދޫކުރި ޓިކެޓްގެ ތެރެއިން 97.2 އިން ސައްތަ އަކީ ބޭސް ފަރުވާއަށް އިންޑިއާއަށް ދިއުމަށް އިޝޫ ކޮށްފައިވާ ޓިކެެޓް ކަމަށެވެ.

ހީނާ މިހެން ވިދާޅުވިއިރު، އެންސްޕާގެ އޮޑިޓް ރިޕޯޓުން ވަނީ ކޮންމެހެން އެހީ ލިބެން ނުޖެހޭ ގިނަ ބަޔަކަށް އެހީގެ ގޮތުގައި 18.4 މިލިއަން ރުފިޔާ، އެމްޑީޕީގެ ކުރީ ސަރުކާރުން ދީފައިވާކަން ހާމަވެފައެވެ.