ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް(އެފްއެސްއެމް) އަށް ތެޔޮ ބާޖެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް އިޢުލާނު ކޮށްފިއެވެ.

Ads by Asuru
އެފްއެސްއެމް އިން ކުރި އިޢުލާނުގެއްގައި ބުނީ ތެޔޮ ބާޖެއް ހޯދަނީ ހަ މަަހަށް ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް، ބީލަން ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި 29 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލް މެދުވެރިކޮށް ރަޖިސްޓްރީން ކުރުމަށް ވަނީ އެދިފައެވެ.

އެފްއެސްއެމް އިން ބުނީ ބިޑަށް ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިނުވެވޭނެ ކަމަށެވެ.

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ، 31 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 02:00 ގައެވެ.