އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި ބަންޑާރަ ނައިބު އަޙުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ރުހުން ނުދޭން އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ނިންމައިފިއެވެ.

Ads by Asuru

ހަތަރު ވަޒީރަކަށް ރުހުން ނުދޭން އެމްޑީޕީން ފާސް ކޮށްފައި ވަނީ މީގެ  އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ބައްދަލުވުމެއްގައެވެ. އެކަން ވަނީ އެ ޕާޓީގެ މަޖިލިސް މެންބަރަކު ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

އެމްޑީޕީން އެގޮތަށް ނިންމާފައިވާ އިރު، ބަންޑާރަ ނައިބު އުޝާމާއި އިސްލާމިކް މިނިސްޓަރު ޝަހީމާއި ހައުސިން މިނިސްޓަރު ހައިދަރަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިންވެސް ވަނީ ނިންމައިފައެވެ.

ދަ ޑިމޮކްރެޓްސް އިން ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ވެސް ރުހުން ނުދޭން ވަނީ ނިންމައިފައެވެ. ނަމަވެސް އެ ޕާޓީން ވަނީ ސަޢީދަށް ރުހުން ދޭން ނިންމައިފައެވެ.

ޑިމޮކްރެޓްސް އާއި އެމްޑީޕީން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމާފައިވާ އިރު، ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު، ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކަމަށް ބަހުސްކޮށް މިހާރު ވަނީ ނިމިފައެވެ.