ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު ދަ ޑިމޮކްރެޓްސް އާއި އެމްޑީޕީން ނިންމުމާއި ގުޅިގެން ރައްޔިތުންގެ މަޖިލިސް ކައިރީގައި އާންމުން އިހުތިޖާޖް ކުރަމުން އެބަދެއެވެ.

Ads by Asuru

މިކަމާ ގުޅިގެން އާންމުން ދަނީ މަޖިލިސް ކައިރިއަށް އެއްވެ އެފަރާތްތަކުގެ ޝުއޫރުފާޅުކޮށް އިހުތިޖާޖް ކުރަމުންނެވެ.

މި އިހްތިޖާޖްގެ ބައިވެރިން ބުނަމުންދަނީ ސަރުކާރު ނުހުއްޓުވޭނެ ކަމަށާއި، ތަރައްޤީއަށް ހުރަސްނޭޅޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން، އެ މަޖިލީހުގެ ޒިންމާ އަދާ ކުރަން ވެސް ދަނީ ގޮވައިލަމުންނެވެ.

 

އެއްވުމުގެ ބައިވެރިން ދަނީ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމްގެ އިސްތިއުފާއަށްވެސް ގޮވައިލަމުންނެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ނިންމި މައްސަލައިގައި ކަންބޮޑުވުންފާޅުކޮށް ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރެއްގެ ސިޔާސަތު ތަންފީޒުކުރަން އެކުލަވައިލާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުން ކަމުގައި ޤަބޫލުކުރާ ކަމަށެވެ.

”ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް ހިންގެވުމަށްމަށް ބޭނުންވާ ވުޒާރާތަކާއި، އިދާރަތައް އުފެއްދެވުމާއި، އެ ވުޒާރަތަކާއި، އިދާރަތައް ހިންގެވެމުމަށް ޤާބިލު ބޭފުޅުން ޢައްޔަން ކުރެއްވުން އެއީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެކެވެ،“ އެ ބަޔާނުގައިވެއެވެ.

ޕީޕީއެމް/ޕީއެންސީން އިތުރަށް ބުނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢައްޔަންކުރައްވާފައިވާ ވަޒީރުންނަކީ ކަމަށް ޤާބިލު އެ ވުޒާރާތައް ހިންގެވުމުގެ ތަޖުރިބާ ހުންނެވި، އަދި އެ ބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ވަޒީރުންކަމާ މެދު އެ ދެ ޕާޓީން ޝައްކުނުކުރާ ކަމަށެވެ.