ވެރިކަމުގައި ހުންނަވައިގެންނާއި ވެރިކަމުން ދުރުވުމަށް ފަހު ވެސް، ރާއްޖޭގެ އިސްލާމީ ކަންކަން ބަލިކަށި ކޮށްލަން މަސައްކަތް ކުރެއްވި ދެވަނަ ވެރިއެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނޫނީ ރާއްޖެ ދެކެފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ މިއަދު ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެމަނިކުފާނަށް ރުހުން ނުދޭން ނިންމާފައި ވަނިކޮށެވެ.
ވެރިކަމުގައި ހުންނަވައިގެންނާއި ވެރިކަމުން ދުރުވުމަށް ފަހު ވެސް، ރާއްޖޭގެ އިސްލާމީ ކަންކަން ބަލިކަށި ކޮށްލަން މަސަތްކަތް ކުރެއްވި ދެވަނަ ވެރިއެއް ރައީސް ޞާލިޙު ނޫނީ ރާއްޖެ ދެކެފައި ނުވޭ. pic.twitter.com/BalrxmnhCn
— Mohamed Shaheem Ali Saeed (@Mohamedshaheem1) January 29, 2024
ޝަހީމަށް ރުހުން ނުދޭން ފެންނަ ކަމަށް 31 މެމްބަރުން ވޯޓު ދެއްވިއެވެ. ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 30 މެމްބަރުނެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އަށް މެމްބަރުން ތިއްބެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގައި 22 ވަޒީރުން ތިއްބަވާއިރު، މަޖިލީހުން މިއަދު ރުހުން ދޭން ފާސް ކުރީ، އޭގެ ތެރެއިން 18 ވަޒީރުންނަށެވެ.
ހައްޖުގެމަތިވެރިއަޅުކަން ދަސޭހަކޮށްދޭން މަސައްކަތް ކުރާތީ ކިމުނުދަނީ