ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮންޒަވޭޝަން ލެބޯޓަރީއެއް ހެދުމާ ގުޅޭ މަޝްވަރާތައް ފަށައިފިއެވެ.

Ads by Asuru

މިކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް ކަލްޗަ އެންޑް ހެރިޓޭޖް އާދަމް ނަސީރާއި ރާއްޖޭގައި ހުންނަ ޗައިނާ ސަފީރު ވަން ލީ ޝިން ބައްދަލުކުރެއްވުމަށްފަހުއެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ ރާއްޖޭގައި އެންމެ އިހުގައި ބޭނުންކުރި ބައެއް ތަކެތި ހަލާކުވަމުންދާތީ އެފަދަ ތަކެއްޗަށް ދޭންޖެހޭ ފަރުވާ ދިނުމަށްޓަކައި ލެބޯޓަރީއެއް ހުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރުގެ ކަންބޮޑުވުން އަޑުއެއްސެވުމަށްފަހު ޗައިނާ ސަފީރު ވަނީ ކަމާ ގުޅޭ ލިޔުންތައް ހުށަހެޅުމުން އެކަމުގައި އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މިބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ވަނީ އެ ގައުމުން ރާއްޖޭގައި އަޅައިދީފައިވާ ދާރުލްއާސާރުގެ އިމާރާތް މަރާމާތުކުރުމާއި އާސާރު ތަރައްގީކުރުމާ ގުޅޭ ކަންކަމުގައި ޗައިނާއިން އެހީތެރިކަން ދެއްވާނެ ކަމުގައިވެސް ވިދާޅުވެފައެވެ.