ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދީފިނަމަ، އަނިޔާވެރިކަން އިތުރުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު ރިޔާޒު ވިދާޅުވެއްޖެެެއެވެ.
ރިޔާޒު މިހެން ވިދާޅުވެފައިވަނީ ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ހުޅުމާލެ ދާއިރާގެ ކައުންސިލަރު ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިދިކޮޅު ލީޑަރު ރައީސް ޔާމީން 2023 ވަނަ އަހަރުގައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން، ދިވެހި ފުލުހުންގެ ހިދުމަތަށް އިސްލާހީ ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.
ޝުޖާއުގެ މިވާހަކައަށް ރައްދު ދެއްވައި، ރިޔާޒު ވިދާޅުވީ ރައީސް ޔާމިންގެ ވެރިކަމުގައި ފުލުހުންގެ ހިދުމަތް ބޭނުންކުރައްވާފައިވަނީ މީހުން ފުރޭމް ކުރުމަށާއި ޤާނޫނީ އިމުން ބޭރުން މީހުން ހިފާހައްޔަރުކުރުމަށް ކަމަށެވެ. އަދި އޭރު، މުޅި މުއައްސަސާ އޮތީ ބޮއްސުންލާފައި ކަމަށްވެސް ވިދާޅުވިއެވެ.
”އިސްލާހުކުރުމަށް ކޮށްދެއްވި ކަމެއްނެތް. 2 ވަނަ ދައުރެއް ޔާމިނަށްދީފިނަމަ އަނިޔާވެރިކަން އިތުރުވާނެ.“ އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމިނުގެ ވެރިކަމުގަ ފުލުހުންގެ ޚިދުމަތް ބޭނުންކުރައްވާފަވަނީ މީހުން ފުރޭމް ކުރުމަށާއި ޤާނޫނީ އިމުން ބޭރުން މީހުން ހިފާހައްޔަރުކުރުމުގަ. މުޅި މުއައްސަސާ އޮތީ ބޮއްސުންލާފަ. އިސްލާހުކުރުމަށް ކޮށްދެއްވި ކަމެއްނެތް. 2 ވަނަ ދައުރެއް ޔާމިނަށްދީފިނަމަ އަނިޔާވެރިކަން އިތުރުވާނެ. https://t.co/lE4aElRegn
— Abdulla Riyaz MP (@riyazabdulla) July 29, 2022
ރިޔާޒަށް ރައްދު ދެއްވައި، ޝުޖާއު ފަހުން ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގެ އިޖްތިމާއީ ފޭރާން ވީދި ކުދި ކުދި ވެގެން ދިޔައީ ރިޔާޒު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވިއިރު ކަަމަށް ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ އިޖްތިމާއީ ފޭރާން ވީދާ ކުދިކުދިވެގެން ދިޔައީ ކޮމިޝަނަރ އޮޕް ޕޮލިސްގެ މަޤާމުގައި @riyazabdulla ހުންނެވި ދުވަސްވަރު. @MDPSecretariat އަށް މީނާ ދެއްވި ހިތްވަރުގެ ސަބަބުންކަން ދިވެހިރައްޔިތުން ޤަބޫލުކުރޭ.މި ފޮޓޯތަކަކީ އެއިރުގެ ހާލަތު.ފުލުސް އޮފީސްގެ ވަރިޔަކީ މި ރިޔާޒު. pic.twitter.com/lRMtMRE6dd
— Ibrahim Shujau (@IbrahimShujaau) July 29, 2022