މާރާމާރީ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ހުޅުމާލެ ފޭސް އެކެއް ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މާރާމާރީ މައްސަލައެއްގެ ތަހުގީގަށް ހޯދަމުންދަނީ އަޙްމަދު ނިޘާމް، ހުޅުމާލެ ފްލެޓް ނަންބަރު C9-4-C (50އ)އެވެ.
ފުލުހުން މިއަދު ބުނީ، ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލަންކުރީ ކަމަށެވެ.
އެގޮތުން، މި މަހުގެ 15 ވަނަ ދުވަހުގެ 10:00 އަށް އޭނާ ހުޅުމާލެ ފޭސް އެކެއް ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.