މި އަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހު ރާއްޖެއިން ސްރީލަންކާއަށް އެއާ އެމްބިއުލާންސް ދަތުރުތައް ފަށަން ނިންމައިފިއެވެ.
ސްރީލަންކާގެ ޕޯޓްސް، ޝިޕިން އެންޑް އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕަލަ ޑެ ސިލްވާ ވަނީ ލަންކާގެ މީޑިއާތަކަށް މިކަން ކަށަވަރު ކޮށްދެއްވައިފައެވެ.
މިގޮތުން ޞިއްޙީ އިމަޖެންސީ ހާލަތްތަކުގައި މާޗު 1 އިން ފެށިގެން މާލޭގެ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ސީދާ، ސްރީލަންކާގެ ބަންޑާރަ ނަޔަކަ އިންޓަރނޭޝަނަލް އެއާޕޯޓަށް ވައިގެ މަގުން ދަތުރުތައް ފެށިގެންދާނެއެވެ.
ލަންކާގެ ”ޑެއިލީ މިރަރ“ ނޫހުން ބުނީ، ދެ ޤައުމުގެ ދެމެދުގައި މިގޮތަށް އެއްބަސްވެވުނީ ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީންއާއި އެ ޤައުމުގެ އޭވިއޭޝަން މިނިސްޓަރާ ބައްދަލުކުރައްވައި، ކުރެވުނު ޚާއްޞަ މަޝްވަރާތަކުގައި ކަމަށެވެ.
މި ޚިދުމަތް ފެށުމާއިއެކު، އެ ނޫހުން ބުނިގޮތުގައި، އެކްސިޑެންޓުތަކާއި ބަލިތަކަށް ފަރުވާ ކުރުމަށާއި، ވެސެ ނޫން ވެސް ކުއްލި ހާލަތްތަކުގައި ސްރީލަންކާއަށް އަވަސް ފަރުވާ ހޯދަން ދެވޭނެއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި މުހިންމު މަޝްވަރާ ކުރެވި، ވައިގެ މަގުން ބަލި މީހުން އުފުލުމަށް އެއްބަސްވެވުނު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިނިސްޓަރުގެ ޕޯސްޓުގައި އިތުރު ތަފްޞީލެއް ނުދެއްވައެވެ.
I had the great pleasure of meeting Hon. Nimal Siripala de Silva, Minister of Ports, Shipping and Aviation of Sri Lanka today in Colombo
We had successful discussions in fostering the relationship between our two Ministries
We have specifically agreed upon creating a framework… pic.twitter.com/mGaYyXIzFF
— Mohamed Ameen (@ameen3d) January 30, 2024
މި އަހަރުގެ މާޗު މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ފަށާނެކަން ދިވެހި ސަރުކާރުން މީގެ ކުރިން ވެސް ހާމަކޮށްފައިވެއެވެ.
ވަރަށް ހިތާމަޔާ އެކު ބުނެލަން ޖެހެނީ އެއްވެސް ސަރުކާރަކުން ރާއްޖޭގެ ޞިއްޙީ ނިޒާމް ރަނގަޅު ކުރަންނޫޅެ އެވެ. އެހެން ނޫންނަމަ މިގޮތަށް ބޭރަށް ބޭސް ފަރުވާ އަށް ކުރާ ޚަރަދުގެ ބަދަލުގަ ރާްއްޖޭގައި ކޮލިޓީ ރަނގަޅު ޞިއްޙީ ފަރުވާ ހޯދަން މަސައްކަތް ކުރީސް
ލަންކާއަކީ ރާއްޖެއެކޭ އެއްވަރުގެ ނުވަތަ އެއަށްވުރެ ފަހަތުގައި އޮތްގައުމެއް. އަދި ރާއްޖެއަށްވުރެ އެތައްގުނަ އަގުވެސް އެހާމެ ބޮޑުގައުމެއް. ލަންކާއަށް ދިވެހިން ބޭސްފަރުވާކުރަން ގޮސްއުޅުނީ މީގެ 20 އަށް އަހަރުކުރިން ރާއްޖޭގެ ބޭސްފަރުވާ ވަރަށް ފަހަތުގައި އޮތް ޒަމާނެއްގައި.
ޑޭޝް8ގައިތަގެންދަނީބަލިމީހުންސިރިލަންކައައް ވަރައް އަވަސްވާނެދަތުރު