އެހެން ކުންފުނިތަކުގެ މާލީ ބުރަ ކުޑަ ކޮށްދިނުމަށް ސްޓެލްކޯ ފަދަ ކުންފުނިތަކުން މަސައްކަތް ކުރުމުގެ މުހިންމުކަން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމްޑީ ފަހުމީ މިގޮތަށް ވިދާޅުވީ ފަހުމީ މިހެން ވިދާޅުވީ ޓެކްނިކަލް ދާއިރާތަކުން ބޭނުންވާ ފަންނީ އެހީ ފޯރުކޮށްދިނުމަށް ސްޓެލްކޯއާއި، ފެނަކައާއި ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކުރުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ފެނަކައިގެ މާލީ ހާލަތަށް ބަލައި، މި ފަހުމުނާމާގެ ދަށުން، ސްޓެލްކޯއިން ވަނީ ހިލޭ ފޯރުކޮށްދެވިދާނެ އެހީތައް ހިލޭ ފޯރުކޮށްދިނުމަށްވެސް ނިންމާފައެވެ.

މިކަމާ ގުޅިގެން ފަހުމީ ވިދާޅުވީ ދައުލަތުގެ ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި، ދައުލަތުގެ މާލިއްޔާއިން މިފަދަކަންކަމަށް ޚަރަދު ކުރުމުގެ ބަދަލުގައި، ރައްޔިތުންނަށްޓަކައި އެ ފައިސާ ޚަރަދު ކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

ޚާއްސަކޮށް ސްޓެލްކޯ ފަދަ ޓެކްނިކަލް ނޯހައު، ނުވަތަ ނޮލެޖާއި، ރިސޯސަސް ހުރި ކުންފުނިތަކުން އެހެން ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށްދީ މާލީ ބުރަ ކުޑަ ކުރުމަށް އެހީތެރިވެދިނުމަކީ، މިވަގުތަށް ސަރުކާރަށާއި، ރައްޔިތުންނަށް ކޮށްދެވޭނެ ވަރަށް އަގުހުރި ޚިދުމަތެއް.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ‎ ސަރުކާރުގެ މިފަދަ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، ދައުލަތުގެ މާލިއްޔާއަށް ބުރަ ބޮޑު ނުވެ، ތަރައްޤީގެ މަޝްރޫޢުތަކަށް ހޭދަކުރާނެ ފައިސާ އިތުރުވެ، ރައްޔިތުންނަށް މީގެ ފައިދާއާއި ލާބަ ލިބިގެންދާނެ ކަމީ ޔަޤީންކަމެއް ކަމުގައި ވެސް ފަހުމީ ވިދާޅުވިއެވެ.