ރާއްޖޭގެ ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވަގުތީ ގޮތުން ދިރިއުޅުން ގާނާ އަށް ބަދަލުކުރައްވައިފިއެވެ.

Ads by Asuru

މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު މިކަމާ ގުޅޭ ގޮތުން ވިދާޅުވީ ގާނާގެ އަކްރާ އަށް ދިރިއުޅުއްވުން ބަދަލުކުރެއްވީ ސީވީއެފްގެ ސެކްރެޓޭރިއެޓް ހުންނަނީ އެ ގައުމުގައި ކަމަށް ވާތީ ކަމަށެވެ.

ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ނަޝީދު ހަމަޖެއްސީ މިދިޔަ މަހުގެ ކުރީކޮޅުއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށީގެ އެކި މައްސަލަތަކަށް ވަކާލާތު ކުރަން އުފެއްދި ސީވީއެފަކީ ރާއްޖެ ވެސް އިސްކޮށް އޮވެގެން އަދި ނަޝީދު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ދުވަސްވަރު 2009 ގައި އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ.  މެންބަރު ގައުމުތަކުގެ އަދަދު މިހާރު 55 އަށް އަރައެވެ.

އޭގެ ތެރޭގައި އޭޝިޔާ، އެފްރިކާ، ކެރީބިއަން، ލެޓިފް އެމެރިކާ އަދި ޕެސިފިކް ސަރަހައްދުގެ ޤައުމުތައް ހިމެނެއެވެ.

ނަޝީދު ވަނީ ސިޔާސީ މަސައްކަތްތަކާ މިދިޔަ މަހުގެ ތެރޭގައި ދުރަށް ވަޑައިގެންފައެވެ.