ޕްރޮސެކިއުޓަރ ޖެނެރަލް، ހުސެއިން ޝަމީމަށް މަގުމަތިން ދިމާކޮށް ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ ޝަމީމަށް ހަމަލާދީފައިވަނީ މާލޭގެ މަގުމަތިން ކަމަށާއި އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
މާލޭ މަގުމަތިން ދިމާކޮށް ޝަމީމަށް ހަމަލާދީފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
އެނގިފައިވާ ގޮތުގައި މި ހަމަލާއާއި ގުޅިގެން އޭނާއަށް މިވަގުތު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ހަމަލާގައި ޝަމީމަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.