ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މައްޗަށް ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރާ މައްސަލަ ބެލުމަށް އިދިކޮޅު ޕީޕީއެމުން ގޮވާލައިފިއެވެ.

Ads by Asuru

ޕްރޮގްރެެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ސޯލިހު ޒިނޭ ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ރައީސް ނަޝީދުގެ އަތްޕުޅުގައި ހުރި ކަަމަށް ވިދާޅުވާ ވިދާޅުވުމުގެ ހަގީގަތް ހޯދާ އެކަމުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރަން އެދޭ ކަމަށެވެ.

”މި މައްސަލައިގެ ތެދު ދޮގު ރައްޔިތުން އިނގެން ބޭނުންވާނެތީ، އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް މިހާރުން މިހާރަށް ހިންގުމަށް ދައުލަތުގެ މުއައްސަސާތަކަށް ހާއްސަކޮށް ދިވެހި ފުލުހުންގެ ހިދުމަތަށް ގޮވާލަމެވެ.“

އިދިކޮޅުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެ މައްސަލައިގެ ތަހުގީގަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ހިންގާ ތަހުގީގަކަށް ހެދުމަށްޓަކައި، ވަގުތީ ގޮތުން ތަހުގީގު ނިމެންދެން، ރައީސް ސޯލިހާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މަގާމުން އެކަހެރިވުމަށްވެސް ގޮވާލާ ކަމަށެވެ.

އަދި މިއީ މިކަމުން ތަރުޖަމާނު މެދުވެރިކޮށް ބަރީއަވާންވީ ވަގުތެއް ނޫން ކަަމަށާއި، މިކަމުން ބަރީއަވުމަށްޓަކައި މިނިވަން ތަހުގީގަކަށް ފުރުސަތު ދިނުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

މީގެއިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރައީސް ކަޅުދަބަސް ގެންދިޔަ ކަމަށް ބުނާ މައްސަލަ އޮއްބާލި ގޮތަށް މި މައްސަލަ އޮއްބާނުލުމަށް ރައްޔިތުން އާދޭސް ކުރާ ކަމަށްވެސް ބަޔާނުގަައިވެެެއެވެ.