ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ރަސްމީ ދަތުރެއްގައި ބެލްޖިއަމްއަށް ވަޑައިގެންފިއެވެ.

Ads by Asuru

މިކަން ހާމަކޮށް، ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިނިސްޓަރު ޒަމީރުގެ ދަތުރަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކުރައްވާ ދަތުރެއް ކަމަށެވެ.

އެ ދަތުރުގައި އީޔޫގެ އިސް އޮފިޝަލުންނާއި ޔޫރަޕިއަން ޕާލިމެންޓުގެ މެންބަރުންނާ މިނިސްޓަރު ޒަމީރު ބައްދަލުކުރައްވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދި ބައްދަލުވުންތަކުގެ މަޝްވަރާތައް ބައްޓަންކުރައްވާނީ ރާއްޖެއާއި އީޔޫގެ ގުޅުން ބަދަހިކުރުމަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުން، އެ ދަތުރުގައި މިނިސްޓަރު ޒަމީރު އީޔޫގެ އިންޑޯ ޕެސިފިކް މިނިސްޓެރިއަލް ފޯރަމުގައި މިނިސްޓަރު ޒަމީރު ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

ބަޔާނުގައި އިތުރަށް ބުނީ މި ދަތުރަކީ ރާއްޖެއާއި އީޔޫއާ ދެމެދު ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.