ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާ ދިން މީހުން ހޯދުމުގެ ގާބިލުކަން ފުލުހުންގެ ހުންނާނެ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ކުރީގެ ސީޕީ މިހެން ވިދާޅުވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އޭނާ ވިދާޅުވީ ޕީޖީ އަށް ހަމަލާ ދިން މީހުންނާއި އެ ނޫން ވެސް އެފަދަ ހަމަލާތައް ދޭ މީހުން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ ފުރިހަމަ ގާބިލުކަން ދިވެހި ފުލުހުންގެ ޚިދުމަތުގައި މާ ރަނގަޅަށް ވެސް ހުންނާނެ ކަމަށެވެ.އަ

ދި އެކަން އެގޮތަށް ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އެ މުއައްސަސާއާ މެދު އެބައޮތް ކަމަށް ވިދާޅުވިއެވެ.

ޕީޖީ ޝަމީމަށް އިއްޔެގެ ވަރަށް ހެނދުނުގެ ވަގުތެއްގައި މަރުތޭލަކުން މަގުމަތިން ހަމަލާ ދިނީ ކަސްރަތަށް ނުކުމެ އުޅެނިކޮށް، ނޫރު މިސްކިތް ކައިރިންނެވެ.

އެ ހަމަލާގައި އޭނާ އަށް ލިބުނު އަނިޔާކަށް އޭޑީކޭގައި ފަރުވާ ވެސް ދިނެވެ. މި ހަމަލާ، ސަރުކާރުން ވެސް ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.