ޙައްޖު ކޯޕަރޭޝަނުގައި ޙަވާލުގައި ޢުމްރާ ދަތުރުތައް ކުރާ ޢުމްރާވެރިން، ބަހުގައި ދަތުރުކުރުމުގެ ބަދަލުގައި ބޭނުންކުރާނީ ހަރަމައިން ހައިސްޕީޑް ރޭލު ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

Ads by Asuru

ޙައްޖު ކޯޕަރޭޝަނުން ބުނީ ޢުމްރާ ދަތުރުތަކުގައި މައްކާއިން މަދީނާއަށް އަދި މަދީނާއިން މައްކާއަށް ބަހުގައި ދަތުރުކުރުމުގެ ބަދަލުގައި ހަރަމައިން ހައިސްޕީޑް ރޭލް ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ.

އަދި އެގޮތަށް ނިންމީ ޢުމްރާ ދަތުރުތަކާ ގުޅުންހުރި ޚިދްމަތްތައް ލުއިފަސޭހަ، ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް ވެސް ބުނެފައިވެއެވެ.

ޙައްޖު ކޯޕަރޭޝަނުމިއަދު ބުނީ ބަހުގެ ބަދަލުގައި، ހައިސްޕީޑް ރޭލު ބޭނުން ކުރުމަށް ނިންމި ނަމަވެސް މިހާރު ޢުމްރާގެ ދަތުރަށް ނަގަމުންދާ އަގު، އިތުރަށް ބޮޑު ނުވާނެ ކަމަށެވެ.

އަދި މިކަމުގެ ސަބަބުން ޢުމްރާވެރިން މަދީނާ ދަތުރުގައި ތަހައްމަލުކުރަމުންދިޔަ ބުރައަށް ވަރަށް ބޮޑު ލުއިކަމެއް ލިބިގެންދާނެ ކަމަށް ވެސް ޙައްޖު ކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.