ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް ލ. ފޮނަދޫ އަށް ވަޑައިގެންފިއެވެ.

Ads by Asuru

އަބްދުއްރަހީމް ވާދަ ކުރައްވަނީ ފޮނަދޫ ދާއިރާއަށެވެ.

އޭނާ އަކީ އެ ދާއިރާގެ ޓިކެޓް ޕްރައިމަރީއަކާއި ނުލައި ކަށަވަރު ކުރެއްވި އެއް ކެންޑިޑޭޓެވެ. މިހާރު ރައީސް ޑރ. މުޢިއްޒުގެ ސްޕެޝިއަލް އެޑްވައިޒަރަކަށް މަސައްކަތް ކުރައްވަމުން އަންނަ އަބްދުއްރަހީމް ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވާފައެވެ. ނަމަވެސް 19 ވަނަ މަޖިލީހަށް އެ ދާއިރާއަށް ނުކުންނެވުމުން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.

މި ދަތުރުގައި އަބްދުއްރަހީމް އަރިހުގައި ކޮންގްރެސް ޕާޓީގެ ބައެއް ސެނެޓް މެމްބަރުންނާއި، މަޖްލިސް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެ ވަޑައިގަތެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަށް ފޮނަދޫ ދާއިރާއަށް، އެމްޑީޕީ ޓިކެޓްގައި އިންތިޚާބުވި މެމްބަރު މޫސާ ސިރާޖް ވަނީ ރިޔާސީ އިންތިޚާބާއި ގާތްވެފައި ވަނިކޮށް ޕީއެންސީއަށް ސޮއިކުރައްވާފައެވެ.