ގައުމުގެ ހާލަތު ވަނީ ދިވެހި ތާރީހު ނުދެކޭ ފަދަ ނުތާހިރު ދަަރަޖައަކަށް ވެއްޓިފައި ކަަމަށް ސަލަފު ޖަމުއިއްޔާގެ ޗީފް މާކެޓިން އޮފިސަރ އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

އަލީ ރަމީޒު މިހެން ވިދާޅުވެފައިވަނީ ގައުމުގައި މިހާރު ހިނގަމުން އަންނަ ކަންކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އޭނާ ވަނީ މިދުވަސްވަރު ރާއްޖޭގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ފަތުރަމުން އަންނަ ބައެއް ޚަބަރުތަކުގެ ބައެއް ސުރުހީތައް ހިއްސާ ކުރައްވާފައެވެ.

އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޒިނޭ ކުރި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރެއްވުމާއި، ބަންގްލަދޭޝްގެ އުމުރުން 25 އަހަރުގެ އެމްޑީ އަލަމްގިރިއާއެކު ގިނަ ދިވެހި ފިރިހެނުންތަކެއް އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅުން ހުރި ޚަބަރުތަކުގެ ސުރުހީތައްވެސް ހިމެނެެއެވެ.

އަލީ ރަމީޒު ވިދާޅުވެފައިވަނީ ގައުމު މިހާރު މިއޮތް ހާލަތު 2023ގައި ދިވެހި ރައްޔިތުން ބަދަލު ކުރާނެ ކަމަށެވެ.