ޗައިނާ ސަރުކާރުން ދޭ 200 ސްކޮލަރޝިޕްގެ ފުރުޞަތަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

Ads by Asuru

މިހާރު ކުރިމަތިލުމަށް ހުޅުވާލާފައިވާ 200 މީހުންގެ ޖާގައިގެ ސްކޯލަރޝިޕަކީ މާސްޓަރސް ޑިގްރީގެ ކޯސްތަކުގައި ބައިވެރިވުމަށްހުޅުވާލާފައިވާ ފުރުޞަތުތަކެކެވެ.

މި ސްކޮލަރޝިޕްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ކުރިން އޮންލައިން އެޕްލިކޭޝަން ހުށައެޅުމަށް އެޑިއުކޭޝަނުން އެދެއެވެ.

އޭގެ އިތުރުން ސްކޮލަރޝިޕާއި ކޯސްތަކާއި ގުޅޭ މަޢުލޫމާތުގެ އިތުރުން އެޕްލިކޭޝަން ހުށަހަޅަންވީ ގޮތުގެ މަޢުލޫމާތު ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުނެއެވެ.

ރައީސް ޑރ. މުހައްމަދު މުޢީއްޒު މިދިޔަ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާ ސަރުކާރުން ވަނީ ރާއްޖެއަށް 1000 ސްކޮލަރޝިޕްގެ ފުރުޞަތު ދީފައެވެ.

ސަރުކާރުން ނިންމީ އެ 1000 ސްކޮލަރޝިޕް ފަސް އަހަރު ދުވަހަށް ބަހާލައިގެން، ކޮންމެ އަހަރަކު 200 ދިވެހިން ފޮނުވާށެވެ.

މި ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ޗައިނީޒް ސްކޮލަރޝިޕް ކައުންސިލްގެ ފަރާތުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.