އެމްޑީޕީގެ ފަރާތުން އަންނަން އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި އިންތިޚާބުގައި މީދޫ ދާއިރާ މެންބަރު ރޮޒައިނާ އާދަމަށް ނާކާމިޔާބުވެ، ދާއިރާގެ ޓިކެޓު ގެއްލިއްޖެއެވެ.

Ads by Asuru

ވަގުތީ ނަތީޖާއިން ފެންނަ ގޮތުގައި ޕްރައިމަރީ ކާމިޔާބުކުރައްވައި އެ ދާއިރާގެ އެމްޑީޕީ ޓިކެޓު ކާމިޔާބުކުރެއްވީ އަޙްމަދު ޝަރީފެވެ. އޭނާއަށް ޕްރައިމަރީގައި ޖުމްލަ 257 ވޯޓު ލިބިވަޑައިގެންފައިވެއެވެ.

ރޮޒައިނާއަށް ލިބިވަޑައިގަތީ 221 ވޯޓެވެ. އޭނާގެ ފަހަތުން ވާދަކުރެއްވި އަޙްމަދު ހަމްޒާއަށް 221 ވޯޓު ލިބިވަޑައިގެންފައިވެއެވެ.

ރޮޒައިނާ އެންމެ ފުރަތަމަ މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ ރައީސް ޑީއާރުޕީ ޓިކެޓުގައި 2009 ވަނަ އަހަރުއެވެ. އޭނާ އަކީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާ ވަރަށް އަރިސް ބޭފުޅެކެވެ.