ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންހެނަކާއެކު ޒިނޭ ކުރާ ފޮޓޯ ހުރި ކަަމަށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައިފިއެވެ.

Ads by Asuru

ރައީސް ސޯލިހު އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯ ހުރި ކަމަށް ނަޝީދު  ތުހުމަތު ކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް އިއްޔެ ފޮނުއްވި މެސެޖުތަކެއްގައެވެ.

އެގޮތުން ނަޝީދު ވަނީ ރައީސް ސޯލިހު ބަދު އަހްލާގީ އަމަލު ހިންގާ ހަތަރު ފޮޓޯ ލިބިވަޑައިގެންފައިވާ ކަމަށާއި އެ ފޮޓޯތައް ފުލުހުންނަށް ފޮނުއްވަންވީ ވީތޯ ސުވާލު ކުރައްވާފައެވެ.

އެގޮތުން އެ ފޮޓޯތަކުން ފެންނަނީ ރައީސް ސޯލިހް އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގާ މަންޒަރު ކަމަށްވެސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ރޮޒައިނާ ވިދާޅުވީ ފޮޓޯތައް ލާން ބުނުމުން، ނަޝީދަށް އެކަން ނުކުރެއްވިގެން އުޅެނީ ފޮޓޯތައް ނެތުމުން ކަމަށެވެ.

”ތި އިންސާނާ ހަދާ ދޮގު ނޭނގޭ މީހެއް މި ގައުމުގައެއް ނެތް.“

ރޮޒައިނާ އިތުރަށް ވިދާޅުވެފައިވަނީ ލިވާތުކޮށްގެން ކޮއްކޮ ހައްޔަރު ކުރުމަކީ އެހެން މީހުންނަށް ވަރު ބާލަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

”ހުރިއްޔާ ހުރި ވީޑިއޯއަކާ ފޮޓޯއެއް ލާބަލަ.“ އޭނާ ވިދާޅުވިއެވެ.

ރޮޒައިނާ ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ އެމްޑީޕީ އަކީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތެއް ގެންގުޅޭ ޕާޓީއެއް ކަމަށް ވިދާޅުވެފައެވެ. އަދި އެޕާޓީގެ ބައެއް ފަރާތްތައް ”އަނެއް އެކްޓްރީމް“ ގައި ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައިވެސް ވިދާޅުވިއެވެ.

މީގެއިތުރުން ތިމާއަށް ވެރިކަން ނުލިބޭނަމަ، ޕާޓީ ފުނޑާލުމުގެ ވިސްނުން ގެންގުޅުމަކީވެސް އެހާ ސަޅި ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.