...
Advertisement
އެކަނިވެރި މައިންގެ އިނާޔަތް އަންނަ އަހަރު ބޮޑު ކުރަނީ

އެކަނިވެރި މައިންނަށް ދޭ އިނާޔަތް، އަންނަ އަހަރު ބޮޑު ކުރަން ސަރުކާރުން ނިންމައިފިއެވެ.

Ads by Asuru

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެށި ސިލްސިލާ ”ރައީސްގެ ޖަވާބު“ ގައި މީހަކު ކުރި ސުވާލަށް ދެއްވި ޖަވާބުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑު ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށެވެ.

އަދި އަންނަ އަހަރު އެ އިނާޔަތް ބޮޑުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވެރިކަމާއި ހަވާލުވިއިރު، ދައުލަތުގެ ދަރަނި ބޮޑުވެ ގައުމު އިޤްތިސާދީ ގޮތުން އޮތް ހާލަތުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓުގެ ތެރެއިން އެކަނިވެރި މައިންނަށް ދޭ އިނާޔަތް ބޮޑުކުރުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

އެހެންކަމުން އެކަން ކުރެވޭނީ 2025 ވަނަ އަހަރުގެ ބަޖެޓުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރުމަށް މިއަހަރުވެސް މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށާއި އެކަމަކީ ވެސް އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

އަދި ޔަތީމު ކުދިން އަދި މުޖުތަމަޢުގައި ހަވާސާ ވެފައިވާ ކުދިންނަށް ކުރިއަށްވުރެ ބޮޑަށް އަޅާލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Ads by ooredoo maldives
  1. ޠޔޔޔޔޔޔޔޔޔ

    ކިތަންމެ ވަރަކަށް ބޮޑުކުރިޔަސް ދެނީ ދޭނެ މީހެއް. ޢެކުއްޖަކަށް ލިބެން ޖެހޭ ވަރެއް ދޭތޯ ނުވަތަ ލިބޭތޯ ބެލުން ވަރަށް މުހިމު. ޢުންމީދަކީ މި ހައްލު ހޯދައިދިނުން. ޝުކުރިއްޔާ