އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ޚާއްޞަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ ފުރުޞަތު ލިބޭ ލަކީ ޑްރޯއެއް މިއަދު އިޢުލާނު ކޮށްފިއެވެ.

Ads by Asuru

އުރީދޫން މިއަދު ބުނީ މިމަހުގެ 16 ވަނަ ދުވަހު ޤަތަރުގައި ބާއްވާ ދޯހާ މެރަތަންގައި ދުވުމުގެ ފުރުޞަތު ލިބޭ އެ ލަކީ ޑްރޯގައި ބައިވެރިވުމަށްޓަކައި އުރީދޫ ވެބްސައިޓު މެދުވެރިކޮށް އިއްޔެއިން ފެގެން މިމަހުގެ 10 ވަނަ ދުވަހުގެ 00:00އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.

އަދި އެ ލަކީ ޑްރޯއިން ނަސީބުވެރި 21 ފަރާތެއް މިމަހުގެ 11 ވަނަ ދުވަހު އިއުލާންކުރާނެ ކަމަށް އުރީދޫން ބުންޏެވެ.

ލަކީ ޑްޜޯގައި ބައިވެރިވުމުގެ ޝަރުތުތައް:

  • އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރެއްގެ ގޮތުގައި މަދުވެގެން އެއްއަހަރު ދުވަހު ހުރުން، ލަސްވެގެން 1 ފެބުރުއަރީ 2023 އިން ފެށިގެން.

 

  • ދޯހާ މެރެތަންގައި ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވުމުގެ ގާބިލުކަން ހުރުން (ސިއްހީ ގޮތުން)، މީގެ ކުރިން ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވެފައިވުން.

 

  • ގަތަރަށް އެތެރެވުމުގެ ޝަރުތުތައް ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮތުން.

 

  • 10 ފެބުރުއަރީ 2024ގެ 00:00ގެ ކުރިން ލަކީ ޑްރޯގައި ބައިވެރިވުން.

 

ލަކީ ޑްރޯގައި ބައިވެރިވުމަށް، ore.do/dohamarathon އަށް ޒިޔާރަތްކުރުމަށް އުރީދޫން އެދެއެވެ.

އަދި ދޯހާ މެރެތަންއާ ގުޅޭ އިތުރު މައުލޫމާތު https://www.dohamarathonooredoo.com/ އިން ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.