ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މި އަހަރުގެ ރޯދަމަސް ނިމި، އޭގެ 10 ދުވަސް ފަހުން ބޭއްވުމަށް އެ މައްސަލަ ދިރާސާ ކުރި ވަގުތީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

Ads by Asuru
ރޯދަ މަހުގައި، 20 ވަނަ މަޖިލީހަށް މެމްބަރުން ހޮވުމަށް އިންތިޚާބު ނުބޭއްވޭ ގޮތަށް އެމްޑީޕީގެ ފަރާތުން އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް އިސްލާހެއް ހުށަހަޅާފައިވަނިކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި އިންތިޚާބު ބޭއްވުމަށް ނިންމާފައެވެ.
މިއަދު ބޭއްވި މަޖިލިސް އިންތިޚާބު ދިރާސާ ކުރި ވަގުތީ ކޮމީޓީގެ ބައްދަލުވުމުގައި ރޯދަ މަސް ނިމިގެން 10 ދުވަސް ފަހުން އިންތިޚާބު ބޭއްވޭ ގޮތަށް ޤާނޫނަށް އިސްލާހު ގެންނަން ވަނީ ފާސްކޮށްފައެވެ.

އެ ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު، އިމްތިޔާޒު ފަހުމީ ވިދާޅުވީ، ރޯދަ މަސް ނިމިގެން 10 ދުވަސް ފަހުން މަޖިލިސް އިންތިހާބު ބޭއްވުމަށް ކޮމިޓީ މެމްމްބަރުންގެ އިއްތިފާޤުން މިއަދު ފާސް ކޮށްފައިވާ ކަމަށެވެ.

ކޮމިޓީން އެގޮތަށް ފާސް ކޮށްފައިވަނީ އީސީން ވެސް ހުށަހަޅާފައިވާ ބައެއް ކަންކަން ރަނގަޅު ކުރުމަށް ފަހުގައެވެ.