މޯލްޑިއަންގެ ސީ ޕްލޭން ޕައިލެޓަކަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

Ads by Asuru
އެ މައްސަލަ މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް އައިއޭއެސް) އިން ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން އެކަން ބަލަމުން އަންނަކަން އެނގިފައިވެއެވެ.
ނަމަވެސް މިކަމާ ގުޅޭގޮތުން ފުލުހުން އެއްޗެއް ނުބުނެއެވެ.
ޖާބިރު ސީ ޕްލޭންގެ ޕައިލެޓާ ވަރަށް ހުތުރު ބަހުން މުއާމަލާތްކޮށް ބިރު ދެއްކި މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ މީސްމީޑިއާގައި އާއްމު ވެސް ވެފައެވެ.
ޖާބިރުގެ ޢަމަލާ ގުޅިގެން މޯލްޑިވިއަނުން ވަނީ އަށް އޭނާ އަށް ދެން އެއާލައިނުގައި ދަތުރުކުރަން ފުރުސަތު ދިނުމާ މެދު ވިސްނަމުންނެވެ.