ޕިއްޒާއެއް ކާހިތްވާއިރަށް ގިނަ މީހުންގެ ހިތުގައި އޮންނަނީ އަބަދުވެސް އެއް ނަމެކެވެ. އެ މީހަކު އާއްމުކޮށް ޕިއްޒާ ގެނެސް އުޅޭ ކޮންމެވެސް އެއް ތަނެކެވެ. ވަކި ތަނެއްގެ ނަން ބުނާކަށް ނެތީމެވެ. އެކި މީހުންގެ ”ޓޭސްޓު“ ތަފާތު ވީމައެވެ.

Ads by Asuru

އާ ޕިއްޒާއެއްގެ ރަހަ އެނގޭނީ ވެސް، ރަހަ ބެލީމައެއް ނޫންހެއްޔެވެ؟

އަބަދު އެއްތަނަކުން އޯޑަރު ކޮށްގެން ގެނައުމަކުން، އެހެން އެއްޗެއްގެ ތަފާތުކަމަކާއި މީރު ކަމެއް ވެސް ނޭނގޭނެ ނޫންހެއްޔެވެ؟

ސީނިކް އަށް ގޮސްގެން ނުވަތަ އޯޑަރު ކޮށްލައިގެން ވެސް އެކި ރަހަތަކުގެ ޕިއްޒާ އަޖުމަ ބަލާލެވެން އެބައޮތެވެ. މެނޫގައި އެކި ވައްތަރުގެ ޕިއްޒާ އެބަހުއްޓެވެ. މި ޕިއްޒާތައް ވެސް ތަފާތުވެފައި މީރު ވާނެއެވެ.

ސީނިކްގެ ޕިއްޒާއެއް

 

ސީނިކްގެ ޕިއްޒާއެއް

 

ސީނިކްގެ ޕިއްޒާއެއް

 

ސީނިކް ހުންނަނީ ހުޅުމާލެ ބީޗް ރޯޑްގައި، ޑައިންމޯ ކައިރީގައެވެ. އެތަނަށް ނުގޮސް 7358888އަށް ގުޅައިގެން ވެސް ބޭނުންވާ ޕިއްޒާ އަކަށް އޯޑަރު ކޮށްލެވޭނެއެވެ. ޑައިރެކްޓްކޮށް ޑެލިވަރީގެ ޚިދުމަތް ލިބެނީ އަދި ހުޅުމާލެއަށް އެކަންޏެވެ.

ނަމަވެސް އަވަސްފުޑް މެދުވެރިކޮށް ވެސް އޯޑަރު ކޮށްލެވޭއިރު، އެ އެޕް މެދުވެރިކޮށް މާލޭގެ ކޮންމެ ތަނަކަށް ވެސް ޑެލިވަރީ ކޮށްދޭނެއެވެ.