ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ފޭކު މެސެޖެއް ފޮނުވަމުންދާތީ ސަމާލުވުމަށް އެ ބޭންކުން އިލްތިމާސްކޮށްފިއެވެ.

Ads by Asuru
ބީއެމްއެލްގެ ނަމުގައި ފޮނުވަމުންދާ މެސެޖުގައި ބުނެފައިވަނީ ޓްރާންސެކްޝަނެއްގެ ސަބަބުން އެކައުންޓް ލިމިޓްވެފައިވާ ކަމަށާއި، އެކައުންޓް ރި-އެކްޓިވޭޓްކުރުމަށް މެސެޖުގައިވާ ލިންކަށް ވަނުމަށް އެދޭ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް އިން ބުނީ އެ ބޭންކުން އެއްވެސް ލިންކަކާއެކު އެސްއެމްއެސް ނުފޮނުވާނެ ކަމަށެވެ.

މީގެ ކުރިން ވެސް ބީއެމްއެލްގެ ނަމުގައި، އެތައް ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނެގުމުގެ މައްސަލަތައް ފެންމަތިވިއެވެ.

މިފަދަ ކަންކަމަށް ސަމާލުވެ، ގޮތްނޭނގޭ ފައިސާގެ މުޢާމަލާތްތައް ނުކުރުމަށް ފުލުހުން ވެސް ދަނީ އިލްތިމާސް ކުރަމުންނެވެ.