މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުން އަންނާތީ، އެކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކޮށްފިއެވެ.

Ads by Asuru

ޙައްޖު ކޯޕަރޭޝަނުން މިއަދު ބުނީ އެ ކޯޕަރޭޝަންގެ ނަމުގައި މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ އަމިއްލަ ފަރުދުންތަކެއްގެ އެކައުންޓުތަކަކަށް ފައިސާ ޖަމާ ކުރުމަށް ފޯނު ކޯލިތަކެއް ކުރަމުން އަންނަ ކަމަށެވެ.

މިކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ފައިސާ ޖަމާކުރުމަށް އެދެނީ އަމިއްލަ ފަރުދެއްގެ އެކައުންޓަކަށް ކަމަށާއި އަމިއްލަ ފަރުދެއްގެ އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ޙައްޖު ކޯޕަރޭޝަނުން ނާންގާނެ ކަމަށްވެސް، އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

މީގެ އިތުރުން ޙައްޖު ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަންގެ ޚިދުމަތްތަކަށް ފައިސާދައްކަން ޖެހޭނީ ”މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް“ގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓުތަކަށް އެކަނި ކަމަށެވެ.