އަލިރަސްގެފާނުގެ ޖިހާދުން ދިވެހީންނަށް ދޭ އެންމެ ބޮޑު ފިލާވަޅަކީ މާތްﷲ ޙައްޤަށް ނަޞްރު ދެއްވާނެކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ ޝަހީދުންގެ ދުވަހާއި ގުޅިގެން މިއަދު ދެއްވި ޚިޠާބުގައެވެ. އެމަނިކުފާނު ވިދާޅުވީ، އަލިރަސްގެފާނުގެ ޖިހާދު، ރާއްޖޭގެ އެކި ފަރާތްތަކަށް، އެކި ފިލާވަޅުތައް ދޭ ކަމަށެވެ. އެގޮތުން ސިޔާސީ ފަރާތްތަކަށް އެ ޖިހާދުން ގޮވާލަނީ، ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރި ނުވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ދިވެހީންގެ ސަލާމަތް، ދިވެހީން ހޯދަން އެބަ ގޮވާލާ،“ އެމަނިކުފާނު ވިދާޅުވިއެވެ.

”އަލިރަސްގެފާނުގެ ޖިހާދު، މީޑިއާއާއި އެބަ މުޚާޠަބު ކުރޭ، ޚަބަރު ފަތުރާއިރު، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ.“ ރައީސް އިތުރަށް ވިދާޅުވިއެވެ.

އަލިރަސްގެފާނުގެ ޖިހާދުން، ޒުވާނުންނަށް ދޭ މެސެޖަކީ ރައީސް ވިދާޅުވި ގޮތުގައި، ޒުވާންކަމުގެ އޮޔެވަރުގައި، އަމިއްލަ ދީނާއި ޤައުމުގެ އިން ފަހަނައަޅާ ނުދިޔުމެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެ މަތިވެރި ޖިހާދުން ދިވެހީންނަށް ދޭ އެންމެ ބޮޑު ފިލާވަޅަކީ މާތްﷲ ޙައްޤަށް ނަޞްރު ދެއްވާނެކަން ކަމަށެވެ. އަދި އެއީ ބިމުގެ ކުޑަ ކަމަކާއި، އާބާދީއާ ގުޅިފައި އޮންނަ ކަމެއް ނޫން ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީީސްގެ ވާހަކަފުޅުގައި ކާބަފައިން ޤައުމަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީ ފާހަގަކުރައްވައި، ކަޅު މުޙައްމަދު ރަސްގެފާނު ބޭރުގެ ފަރާާތްތަކަށް ދޫކުރި ކިނޮޅަހާއި އެހެން ރަށްރަށް، އަލުން ދިވެހީންނަށް އަނބުރާ ހޯދައިދެއްވި ކަމަށް ވިދާޅުވިއެވެ.