އުކުނު އަޅާފައި ހުރުމުން ބެޓީ ކްރޮކާގެ ކޭކް މިކްސް ވިއްކުން މަނާކޮށްފިއެވެ.

Ads by Asuru

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ބެޓީ ކްރޮކާގެ ޕެކެޓުތަކުގައި އުކުނު ހުރި ކަމަށް އާންމުންގެ ފަރާތަކުން ޝަކުވާ ހުށަހެޅުމުން މާލޭގެ ފިހާރަތަކުން ބެޓީ ކްރޮކާގެ ސާމްޕަލްތައް ނަގައި ޓެސްޓުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން ބައެއް ސާމްޕަލްތަކުގައި ގަނޑުލާފައި ހުރި އިރު، އަނެއްބައި ސާމްޕަލްތައް ވަނީ އުކުނާއި ދިރޭ ސޫފިތަކުން ތަގައްޔަރުވެފައި ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

އެހެންކަމުން އެއީ ކެއުމަށް ރައްކާތެރި ތަކެތި ނޫން ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

ވިއްކުން މަނާކުރި ބެޓީ ކްރޮކާގެ ޕްރޮޑަކްޓްތަކަކީ 432 ގްރާމް، ބެޓީ ކްރޮކާ ސުޕަ މޮއިސްޓް ޗޮކްލެޓް ފަޖް (އެކްސްޕައިރީ ޑޭޓް: މާޗު 18، 2024) އަދި 432 ގްރާމް، ބެޓީ ކްރޮކާ ސުޕަ މޮއިސްޓް މިލްކް ޗޮކްލެޓް (އެކްސްޕައިރީ ޑޭޓް: އޭޕްރިލް 13، 2024)އެވެ.