ގަލޮޅު ދަނޑުގައި ދެވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކުޑަހެންވޭރު ޔުނައިޓެޑް ކުޅުނު މެޗުގައި މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ތިންވަނަ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Asuru

މި މާރާމާރިއާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ރުވާގުގެ، ރ. މަޑުއްވަރި، އިބްރާހީމް ނުއައިމް ޝަރުމީލް، 19އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ދީފައެވެ.

އެ މައްސަލާގައި މީގެ ކުރިން ހައްޔަރު ކޮށްފައިވަނީ، ގދ. ތިނަދޫ، ފައިވްރޯސް، ރިކްޒު އާދަމް އާއި ހ. ހިލްޓަން، އިބްރާހީމް އަލީފް ރައޫފެވެ. އެ ދެ މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

އެ މީހުންގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ މާރާމާރީގައި ބައިވެރިވުމާއި، ޖަމާޢަތް ހަދައިގެން އާންމުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ޢަމަލުކުރުމުގެ ތުހުމަތެވެ.