...
Advertisement
ރާއްޖެ ތަރައްޤީ ކުރަނީ ޔޫއޭއީގެ ޢިލްމާއި ރާއްޖޭގެ ތަޖުރިބާއަށް ބަލައިގެން: ރައީީސް
14 ފެބްރުއަރީ 2024
ރާއްޖެ ތަރައްޤީ ކުރަނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ޢިލްމާއި ރާއްޖެއިން ހިއްސާ ކުރާ ތަަޖުރިބާއަށް ބަލައިގެން ކަމަށް ރައީސް ޑރ.މުޙަމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިގޮތަށް ވިދާޅުވެފައިވަނީ، ވޯލްޑް ގަވަމެންޓް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކި ޤައުމުތަކާއިއެކު ރާއްޖޭގެ ގުޅުން ބިނާވެފައި ވަނީ، އިޤްތިޞާދީ އަދި ސިޔާސީ ހަރުދަނާކަމާއި، ރައްޔިތުންގެ ބޭނުންތަކަށް ޙައްލު ހޯދުމުގެ މައްޗަށާއި، ދެ ޤައުމުގެ މެދުގައި އިޙްތިރާމާއި، އެއްބަޔަކު އަނެއް ބަޔަކަށް ފައިދާކުރުމުގެ މައްޗަށް ކަަމަށްވެސް ރައީސް ވިދާޅުވިއެވެ.

”އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދެނީ، އެ ރައްޔިތުންގެ ވާހަކަތައް އަޑުއަހައި، އެކުދިން ކުރިއަރުވައި، މުޖުތަމައުގެ ކުރިއެރުމަށްޓަކައި، އެ ރައްޔިތުންގެ އަމާޒަށް އެއްބާރުލުން ދީގެން، އެ ރައްޔިތުންނަށް އެންމެ ފައިދާހުރި ކަންތައްތައް ކޮށްދިނުން.“. ރައީސް ވިދާޅުވިއެވެ.

Ads by Asuru

އެމަނިކުފާނުގެ ސަރުކާރު އައީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށާއި، ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކައި، އެންމެން އެކުގައި ބައިވެރިންގެ ގޮތުގައި މަސައްކަތް ކުރަ.‘ ގަސްދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖެ ތަރައްޤީ ކުރުމުގައި ޔޫއޭއީގެ އިލްމުން އިބްރަތް ހާސިލްކޮށް، ރާއްޖޭގެ ތަޖުރިބާތައް ހިއްސާ ކުރުމަށް ޝައުގުވެރިވާ ކަަމަށެވެ.

Ads by ooredoo maldives