އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ރައީސްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

Ads by Asuru

އެ ޕާޓީން އިއްޔެ ކުރި އިޢުލާނެއްގައި ބުނީ އެ ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް  މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އަސި ޕާޓީގެ ރައީސްގެ މަޤާމުގެ އިންތިޚާބު 02 މާޗް 2024 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް ބުންޏެެވެ.

ޕާޓީގެ ރައީސްގެ މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމު ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

ފޯމު ހުށަހަޅާއިރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކޮށްފައިވާ ކުށާއި ދަރާނީގެ ރިކޯޑު، ހުށަހަޅަންވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ ރައީސްގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެ ޕާޓީން ވަކިވެވަޑައިގަތުމުން އެމްޑީޕީގެ ޤައުމީ މަޖިލީހުން ވަނީ ވަގުތީ ގޮތުން ޕާޓީގެ ރައީސް ކަމުގެ މަޤާމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހަމަޖައްސަވައިފައެވެ.