މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް ޔާމީން އެ ދެބޭފުޅުންނަށް ފާޑުވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ ގާސިމާއި ނާޒިމަކީ މަރު ދުވަހާ ޖެހެންދެންވެސް ޣައްދާރުން ކަމަށެވެ.

 

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ މިހާރު މިއޮތް ހާލަތުން އެއްފަރާތްވެ ނާޒިމާއި ގާސިމު ދުރަށް ޖެހިވަޑައިގަންނަވަން އުޅުއްވި ނަމަވެސް އެ ދެ ބޭފުޅުންނަކީ ގައުމަށް ޣައްދާރުވީ މީހުން ކަމަށެވެ.

އަދާލަތު ޕާޓީއަށް ނިސްބަތްވާ ޝައިހުން ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ތެރެއިން ސަލާމަތާއި ރައްކާތެރިކަން ހޯއްދަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ގާސިމާއި ނާޒިމަށް ފާޑުވިދާޅުވިއިރު، އެ ދެބޭފުޅުންވެސް ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.