މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގައި އެކުލަވާލި ސްޓްރެޓްޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ ކަންކަމުގެ ތެރެއިން އިފްތިތާހު ކުރި ހިދުމަތްތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މިއަދު ރަސްމީކޮށް ފަށާފައި ވަނީ ސިޓީ ކައުންސިލުންދޭ ގިނަ ހިދުމަތްތައް އޮންލައިންކޮށް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ މާވެހި ޕޯޓަލްގެ ހިދުމަތާއި ޕޮލިސް ކޮންޓެބިޔުލަރީގެ ހިދުމަތް އަދި ގެދޮރުވެރިޔާ އާއި ބިންވެރިޔާ ފޯމު ފުރުމުގައި ކައުންސިލުން އެހީތެރިކަން ފޯރުކޮށް ދިނުމުގެ ހިދުމަތެވެ.
މިއީ މިދިޔަ މަހު ބޭއްވި ރައްޔިތުންގެ ދެވަނަ ބައްދަލްވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިފްތިތިހާ ކޮށްދެއްވި ހިދުމަތްތަކެކެވެ. މޭޔަރު މިއަދު ވަނީ މި ހިދުމަތްތައް މިހާ އަވަހަށް ފަށައިގަނެވުކަން ފާހަަގަ ކުރައްވާފައެވެ.
މާވެހި ޕޯޓަލް މެދުވެރިކޮށް ސިޓީ ކައުންސިލުންދޭ ތަފާތު 80 ހިދުމަތެއްގެ 90 އިންސައްތަ ޑިޖިޓަލްކޮށް ލިބިގެންދާނެއެވެ.
ޕޮލިސް ކޮންޓެބިޔުލަރީގެ ހިދުމަތްގެ ދަށުން މާލެ ސިޓީގެ ބިންތަކުގެ ތެރެއިން އާންމު ބިންތަކުގެ ގޮތުގައި ކަނޑައަޅާފައި ބިންތަކުގައި ހުއްދަނެތި ބަހައްޓާފައި ހުންނަ ތަކެތީގެ ކަންކަން ހަމައަކަށް އެޅުވުމާއި މަސައްކަތް ކުރާ ސަރަހައްދުތަކުގައި އެކަން ކުރަނީ ހުއްދައެއް އޮވެގެންތޯ ބަލާނެއެވެ.
