ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަމުންދާ ވެކްސިންގެ ދެވަނަ ވެކްސިން 922 މީހަކު ޖަހައިފިއެވެ.

Ads by Asuru

އެޗްޕީއޭ އިން މިއަދު އާންމުކުރި ވެކްސިންގެ ތަފާސް ހިސާ ދައްކާ ގޮތުން ވެކްސިންގެ ހަތަރުވަނަ ޑޯޒް ޖަހާފައި އަދި ވަނީ އާބާދީގެ 0.20 އިންސައްތަ މީހުންނެވެ.

އަދި  ތިންވަނަ ޑޯޒް ޖަހާފައިވަނީ 165،860 މީހެކެވެ. އެއީ އާބާދީގެ 36.63 އިންސައްތަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިންގެ ތިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ކަމަށް ބެލެވޭ މީހުންނަށް ހަތަރުވަނަ ޑޯޒެއް ޖެހުމަށް ނިންމާ އެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.