އެމަނިކުފާނު ރައްޔިތުންނަށް ވަޢުދުވެވަޑައިގަންނަވަނީ، ވަޢުދުތައް ފުއްދަވަން ކަމަށާއި،

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު، ގއ. ކޮލަމާފުށީގެ ފަޅުގައި ހިންގަން ވަޢުދުވެވަޑައިގެންނެވި އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢު ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން އެ ރަށުގެ ރައްޔިތުންނަށް ދެއްވަމުންނެވެ.

”އަޅުގަނޑު ވަޢުދު ވަނީ، ވަޢުދު ފުއްދަވެގެން، އޭގެ މަތިން ހަނދާން ނައްތާލާކަށް ނޫން.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ތެރެއިން ސިޓީ ހޮޓަލެއް އަޅައިދެއްވާނެކަމަށާއި، މުޅި މަޝްރޫޢު އެކީ ޙަޤީޤަތަކަށް ހަދައިދެއްވާނެކަމުގައެވެ.

އަދި އެކަމަށްޓަކައި އިކޮނޮމިކް ކައުންސިލް ތެރެއިން ކުރަންހުރި މަސައްކަތްތައްކޮށް ވީ އެންމެ އަވަހަކަށް އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން ޤައުމަށް ތަރައްޤީ ގެނައުމަށް މަސައްކަތް ކުރައްވާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުން މަސައްކަތްކުރައްވާނީ ހަމައެކަނި މިހާރު އޮތް ބަޖެޓަށް ބަރޯސާވެގެން ނޫންކަމުގައެވެ.

އަދި އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ކުރިއަށްދާނީ އިންވެސްޓަރުންނާއި ޑިވެލޮޕަރުން ގެނެސް، ޕްރައިވެޓް ސެކްޓަރ ކުރިއަރައި، އަދި އިންވެސްޓަރުން ޝައުޤުވެރިވާފަދަ މަޝްރޫޢުތަކަށް ޖާގަދީގެން ކަމުގައެވެ.