ވެރިކަންކޮށް ފެއިލްވެފައި ތިބި ލީޑަރުން ވެރިކަމަށް ފައިނެގުން ހުއްޓާލަންޖެހޭ ކަމަށް ވިދާޅުވެ، އެމްއެންޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، އަނެއްކާވެސް އިދިކޮޅު ލީޑަރު ރައީސް ޔާމީނަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by Asuru

ނާޒިމް ރައީސް ޔާމީނަށް ފާޑުވިދާޅުވެފައިވަނީ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް ދިނުމަށް ރޭ ޕީޕީއެމް-ޕީއެންސީގެ ކައުންސިލުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ޔާމީން ވަނީ އެ ނިންމުން ގަބޫލުފުޅުކުރައްވާފައެވެ.

ނާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަތަނީ ލީޑަރުން އިސްކުރާނީ އެންމެ ފުރަތަމަ ގައުމު ކަމަށާއި ވެރިކަންކޮށް ފެއިލްވެފައި ތިބި ލީޑަރުން ވެެރިކަމަށް ފައިނެގުން ހުއްޓާލާ އާ ބަޔަކަށް ގައުމުގެ ހައްގުގައި ފުުރުސަތު ދޭންޖެހޭ ކަމަށެވެ.

”ތާ އަބަދަށް ވެރިކަން ކުރުމުގެ ހުވަފެނުން މިންޖުވެ ވެރިކަމުގައި ބަގުޑިބެއްދުން ހުއްޓަން ޖެހޭ.“ ނާޒިމް ވިދާޅުވިއެވެ.

ރައީސް ޔާމީން ޕީޕީއެމްގެ ރިޔާސީ ޓިކެޓު ގަބޫލުފުޅު ކުރެއްވުމުން، ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި އެމަނިކުފާނަށް މަރުހަބާ ކިޔަމުންނެެވެ.