ހިމާޔަތް ކޮށްފައި އޮންނަ ރަށެއް ކަމުގައިވާ ށ.ފަރުކޮޅުން ކިނބުލެއް ފެނިއްޖެއެވެ.

Ads by Asuru

އެ ކިނބޫ ފެނިފައިވަނީ އެ ރަށަށް ދަތުރުދިޔަ ދެ މީހަކަށެވެ.

ދަތުރު ދިޔަ މީހުން، 10 ފޫޓު ހުރި އެ ކިނބޫ ހިފުމަށް މަސައްކަތްކުރާތަން ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ.

އެ ކިނބޫ ހޭޅިފަށުގައި އޮއްވައި، އޭތި ހިފަން މަޅިގަނޑެއް ހަދައިގެން ބަޔަކު މަސައްކަތް ކުރުމުން، އެ ކިނބޫ އެމީހުންނާ ދިމާލަށް ދުއްވައިގަނެ، މޫދު ތެރެއަށް ދާތަން ފެނެއެވެ.

އޭގެ ފަހުން ވަނީ ފުލުހުން އެ ކިނބޫ މަޅިއަކުން ހިފާފައެވެ.

ކިނބުލުގައި މަޅިއަޅުން ބަންނަ މަންޒަރު އެހެން ވީޑިއޯއަކުން  ފެނެއެވެ. އޭރު އެ ކިނބޫ އޮތީ މޫދު ތެރޭގައެވެ.

ދާދި ފަހުން ކަނޑިންމަ ރިސޯޓު ކައިރިން ވެސް ނުވަ ފޫޓުގެ ކިނބުލެއް ފެނުނެވެ.