މާޅޮހު ކައުންސިލްގެ އަންހެން މެމްބަރު އިންތިޚާބުކުރުމަށް ބޭއްވި ބައި-އިލެކްޝަން، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓް އާމިނަތު މާޔާ ކާމިޔާބުކުރައްވައިފިއެވެ.

Ads by Asuru

ބައި-އިލެކްޝަންގައި ޕީއެންސީއާ ވާދަކުރެއްވީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ކެންޑީޑޭޓް އަޒީނާ އާދަމެވެ.

އެމްޑީޕީގެ ކެންޑިޑޭޓާއި ވާދަކޮށް މާޔާ ގޮނޑި ކަމިޔާބުކުރެއްވީ 267 ވޯޓުންނެވެ. އެމްޑީޕީގެ ކެންޑީޑޭޓަށް ލިބިވަޑައިގަތީ 164 ވޯޓެވެ.

މިބައި-އިލެކްޝަންގައި މާޅޮހުގެ އިތުރުން މާލޭގައިވެސްވަނީ ވޯޓު ފޮއްޓެއް ބަހައްޓާފައެވެ.

މާޅޮހުގެ ކައުންސިލް ގޮނޑިއެއް އިދިކޮޅު އެމްޑީޕީ ފިޔަވައި އެހެން ޕާޓީއަކުން ކާމިޔަބުކުރި މިއީ ފުރަތަމަ ފަހަރެވެ.