ބަޔަކު ގަބޫލު ކުރިޔަސް، ނުކުރިޔަސް ރައީސް ޔާމީން އަބްދުލްގައްޔޫމް ވަނީ ފަސް އަހަރުގެ ތެރޭގައި ރާއްޖެ ނުދެކޭ ތަރައްގީ ގެނެސްދެއްވާފައި ކަމަށް މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.

Ads by Asuru

ނަހުލާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި މިފަަދައިން ވިދާޅުވީ، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް، ރައީސް ޔާމީނަށް ފާޑުވިދާޅުވުމުންނެވެ.

ނާޒިމް ވިދާޅުވެފައިވަނީ ވެރިކަންކޮށް ފެއިލްވެފައި ތިބި ލީޑަރުން ވެރިކަމަށް ފައިނެގުން ހުއްޓާލަންޖެހޭ ކަމަށެވެ.

އަދި ވިދާޅުވީ ވިދާޅުވީ ވަތަނީ ލީޑަރުން އިސްކުރާނީ އެންމެ ފުރަތަމަ ގައުމު ކަމަށާއި ވެރިކަންކޮށް ފެއިލްވެފައި ތިބި ލީޑަރުން ވެރިކަމަށް ފައިނެގުން ހުއްޓާލާ އާ ބަޔަކަށް ގައުމުގެ ހައްގުގައި ފުުރުސަތު ދޭންޖެހޭ ކަމަށެވެ.

ނާޒިމަށް ރައްދު ދެއްވައި ނަހުލާ ވަނީ ފަސް އަހަރުގެ ތެރޭގައި ރައީސް ޔާމީން ކުރެއްވީ ކާމިޔާބު ވެރިކަމެއް ކަމަށް ވިދާޅުވެފައެވެ.

”ރައްޔިތުންގެ އަނގަޔާ އަތާ ދިމާވޭ. އާ މީހުންނަށް ފުރުސަތު ގެއްލިފައެއް ނެތް.“

ނަހުލާ ވަނީ، ޒާތީ ނުވެ، ކެރިވަޑައިގެން ވާދަކުރެއްވުމަށްވެސް ނާޒިމަށް ގޮވާލައްވައިފައެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީން ވަނީ އެ ކޯލިޝަނުގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ ރޭހަށް ނުކުންނަވާނެ ކެންޑިޑޭޓަކީ ރައީސް ޔާމީންކަން އިއުލާނު ކޮށްފައެވެ.