ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ބޯޑް މީޓިންއެއް ހެޑް އޮފީހުން ބޭރުގައި ބާއްވައިފިއެވެ.

Ads by Asuru

މި ބައްދަލުވުން ބާއްވާފައިވަނީ، ކ. ހިންމަފުށީގައި އިއްޔެއެވެ.

ސްޓެލްކޯއިން ބުނީ މިއީ ތާރީހުގައި ވެސް އަދި ސްޓެލްކޯއިން ނުކުރާ ކަމެއް ކަމަށެވެ.

މިއީ މާލެ އާއި އަތޮޅުތެރޭގެ ތަފާތު ކުރުންތައް ނައްތާލުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ސްޓެލްކޯގެ ހިންގުމުގައި އެ ކުންފުނިން ހިދުމަތްދޭ ރަށްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ އަމާޒާ ދިމާލަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

ހިންމަފުށީގައި ބޭއްވި ބޯޑް މީޓިންގައި އެ ކުންފުނީގެ ޗެއާމަން މުހައްމަދު ލަތީފް އާއި މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އަދި ބޯޑުގެ ހުރިހައި މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.