މިއަދު ހެނދުނު ހުޅުމާލޭ ފޭސް އެކެއްގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

Ads by Asuru

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ނިރޮޅުމަގުގެ ދެވަނަ ރުއްގަނޑު ހިސާބުން ދުއްވާފައިދިޔަ ކާރެއްގައި ފަހަތުން އައި ވޭނެއް ޖެހިގެންކަމަށެވެ. ކާރުގައި މި ވޭން ޖެހުނު ވަގުތު އެ ކާރު ގޮސް އެތާ ޕާކު ކޮށްފައި އޮތް އެހެން ކާރެއްގައިވެސް ޖެހުނުކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓުގައި ކާރު އަދި ވޭން ދުއްވަން އިން މީހާއަށް ކުދި އަނިޔާތަކެއް ވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓުގައި އަނިޔާވި 46 އަހަރުގެ މީހާ އާއި 52 އަހަރުގެ މީހާއަކީވެސް ދިވެހިންކަމަށް، އެމީހުން އަތުގައި ލައިސަންސް އޮތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއަދު ހެނދުނު 6:20 ހާއިރު ފުލުހުންނަށް ރިޕޯޓްކުރި މި މައްސަލަ ތަހުގީގުކުރަމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.