ހުއްޓިފައި އޮތް ހއ.މުރައިދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ ’ރައީސްގެ ޖަވާބު‘ ސިލްސިލާގެ ތެރެއިން މުރައިދޫ/އަންގޫރުމާގޭ ޙަސަން ރިޔާޝް އެ ރަށު ބަނދަރު ހެދުމުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާ ގުޅޭ ގޮތުން ދެންނެވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ބަނދަރުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ.

މަސައްކަތް ހުއްޓިފައި އޮތީ މަސައްކަތް ފަށާފައި އެ މަަސައްކަތް ކުރިއަށްގެންދެވޭ ވަރަށް ބަޖެޓުގައި ފައިސާ ހިމަނާފައި ނެތުމުން ކަަމަށް ރައީސް ވިދާޅުވިއެވެ.

“އަލަށް މިފަހަރުގެ ބަޖެޓު ހެދިއިރު މީގެ ކުރީގަ ދުވަހަކު ވެސް ބަޖެޓު ހަދާއިރު ނުކުރާ ކަމެއް މިހާރު އޮތް މަޖިލީހުން ކޮށްފަ އޮތީ. އެއީ އޮން ގޮއިންގ އިޝޫއެއްވެއްޖިއްޔާ ނިންމޭ ވަރަށް ބަޖެޓުގަ ފައިސާ ހިމަނާނެ. އަލަށް ފަށާ މަޝްރޫއުއެއް ވެއްޖިއްޔާ ބައެއް ފަހަރު %15 ދޭ ވަރަށް ކިރިޔާ ހިމަނައިފާނެ.“

އެމަނިކުފާނު ވިދާޅުވީ ހިނގަހިނގާ ހުރި މަޝްރޫއުތަކަށް އެންމެ ބިލެއް ނުދެއްކޭ ވަރަށް ނުވަތަ އެންމެ ދެ ބިލު ނުދެއްކޭ ވަރަށް ވެސް ފައިސާާ ހިމަނާފައި މިފަހަރު އެބަހުރި ކަމަށެވެ.

އެއީ ދުވަހަކު ވެސް މަޖިލީހުން ކޮށްފައި ހުރި ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.