މޯލްޑިވްސް ނޭޝަނަލް ކޮންގްރެސް (އެމްއެންޕީ) ގެ ރިޔާސީ ޓިކެޓް ލިބިއްޖެ ނަމަ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވެފައިވަނީ އެމްއެންޕީން ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރުމަކީ ކުރަމުން އަންނަ އުންމީދެއް ކަމަށެވެ. އަދި އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
އެމްއެންޕީން ތަބަކަކަށް ލާފައި އެއްވެސް މީހަކަށް ޓިކެޓު ނުދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

އެހެންވެދޯ މިއުޅެނީ ޔާމީނުގެެ ގައިން ނެށްޓެއް ނޭގިގެން މާޒާތީވެގެން ބަލަޒާތީނުވިޔަސް އުޅެވިދާނެތާ.ވެރިކަން ލިބޭތޯ ތިގޮތައް އުޅުނީމާ ލިބެން ހުންނަވޯޓުކޮޅުވެސް.ނުލިބޭނީ