މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން މީހަކު ހޯދަން ފަށައިފިއެވެ.

Ads by Asuru

ފުލުހުން މިއަދު ބުނީ ހޯދަމުންދަނީ ނ.މަނަދޫ އުދަރެސް ގޭ އަޙްމަދު އަޝްފާއު (34އ) ކަމަށެވެ.

އޭނާ ހޯދަމުންދަނީ ހުޅުމާލެ ފޭސް 2 އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ.

ފުލުހުން ވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މާރިޗު 11 ވަނަ ދުވަހުގެ 14:00 އަށް ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައެވެ.