ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތައް އަނިޔާވެރި ޔަހޫދީން އަދިވެސް ހުއްޓާލާފައި ނުވާއިރު، އެންމެ އަސާސީ ތަކެތި ލިބިގަތުމަށް ވެސް ފަލަސްތީނުގެ ރައްޔިތުންނަށް ވަނީ ދަތިވެފައެވެ.

ކާނެ އެއްޗެއް ވެސް ހޯދަން ޖެހެނީ، އެހީ ދޭނެ ފަރާތެއްގެ އެހީގައެވެ. މިގޮތަށް އެހީ ހޯދަން ނުކުތް ބަޔަކަށް ވެސް ހަމަލާދީ، އެތައް ބަޔަކު ޝަހީދުކޮށްލާފައިވާ ކަމަށް އަލްޖަޒީރާ ނޫހުން ވަނީ ބުނެފައެވެ.

އެ ނޫހުން ޣައްޒާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ބުނީ، ކުވައިތީ ސަރަހައްދަށް އެހީގެ ތަކެތި ބަލައި ނުކުތް ބަޔަކަށް ހަމަލާދީ، ބަޔަކު ޝަހީދުކޮށްލައި، އެއްބަޔަކު ޒަހަމް ކޮށްލާފައިވާ ކަމަށެވެ.

އަދި ކާނެ އެއްޗެއް ނުލިބި، ބަނޑުހައިހޫނުކަމުގެ ސަބަބުން، މި ފާއިތުވި މަދު ދުވަސްކޮޅުގެ ތެރޭގައި 15 ތުއްތު ކުދިން ނިޔާވެފައިވާ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ.

އިޒްރޭލުގެ ހަމަލާތަކުގައި، މިހާތަނަށް ފަލަސްތީނުގެ 30،000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، އަންނަ އާދިއްތަ ދުވަހު، ހަނގުރާމަ މެދުކަނޑާލުމުގެ މަޝްވަރާތައް މިސްރުގައި ފަށާނެއެވެ. އެހެންނަމަވެސް، މިފަދަ މަޝްވަރާތައް ކޮޅެއްގައި