ނިލަންދެއަތޮޅު ދެކުނުބުރިއަށާއި، މުލަކަތޮޅު އަދި ފެލިދެއަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ އަތޮޅު ގުރައިދޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ވަޑައިގެންފިއެވެ.

Ads by Asuru

މާލެ އަތޮޅު ގުރައިދޫ އަދި މާފުށްޓަކީ ރައީސްގެ މި ދަތުރުފުޅަށް ފަހުން އިތުރުކުރެއްވި ދެރަށެވެ.

ރައީސމިއަދު ކ. ގުރައިދުއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީީސް މުއިއްޒު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް، ދެ ފަހަރު ޒިޔާރަތް ކުރެއްވުމަކީ އަމާޒު ކަމަށެވެ.

އެއް މަސް ދުވަހުގެ ތެރޭގައި، ރައީސް 130އަށްވުރެ ގިނަ ކައުންސިލުތަކާ ބައްދަލުކުރައްވާފައިވާއިރު، އެމަނިކުފާނު ވިދާޅުވެފައި ވަނީ، މި ދަތުރުފުޅުތަކުގެ ސަބަބުން ސަރުކާރުގެ ދުވެލި ހަލުވި ވެގެންދާނެ ކަމަށެވެ.