ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލާން ކުރި ހުކުމްގެ އިސްތިއުނާފު މައްސަލަ، ލަސް ކުރީ، އެމަނިކުފާނުގެ އިސް ވަކީލު ޑރ.މުހައްމަދު ޖަމީލު އަހުމަދުގެ ރޭވުމެއްގެ ދަށުން ކަމަށް އޭރު ރައީސް ޔާމީނާ އެންމެ އަރިސް، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ތުހުމަތު ކުރައްވައިފިއެވެ.

Ads by Asuru

ރޭ މަހިބަދޫގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް/‏‏ޕީއެންސީން އިދިކޮޅުގައި ފަސް އަހަރު ހޭދަ ކުރީ ވަރަށް ދަތި ހާލުގައި ކަމަށް ވިދާޅުވެފައެވެ. އެގޮތުން އޭރު އިދިކޮޅަށް މަލާމާތްކޮށް ”ދެދޮރު ދޭތެރޭ މުޒާހަރާ“ ‏ކުރާ ކަމަށް ބައެއް ފަރާާތްތަކުން ބުނަމުންދިޔަ ކާމށް ވިދާޅުވިއެވެ. އޭރު މަގުމަތިވެފައި އުޅެން ޖެހުނުއިރު، އިތުރު ފަސް އަހަރުވެސް އެ ހާލުގައި އުޅެން ޖެހިދާނެ ކަމަށް ހީކުރެވުނު އެތައް ފަހަރެއް ދިޔަ ކަމަށާއި، މިހާރު ރައީސް ޔާމީންގެ ވަށައިގެން ތިއްބެވީ ވެސް އެކަމަށް މަގުފަހި ކުރަން މަސައްކަތް ކުރި ބޭފުޅުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

”މިއަދު(ރައީީސް ޔާމީންގެ) ވަށައިގެން އެ ތިއްބެވީ އެބޭފުޅުން. ހަގީގަތަކީ އެބޭފުޅުންގެ ނުބައި ނުލަފާ ރޭވުންތެރިކަމުގެ ދަށުން، މިއަދުވެސް އަޅުގަނޑުމެންގެ ކުރީގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަންދުގަ ހުންނަން ޖެހެނީ. ޑރ.ޖަމީލުގެ ހީލަތްތެރިކަމުގެ ދަށުން. ވެރިކަމަށް އޮތް ދަހިވެތިކަމުގެ ބޮޑުކަމުން، ގަސްތުގަ އިސްތިއުނާފު ލަސް ކުރީ.“ އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ އިން، އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެ ކޯލިޝަންގެ ކެންޑިޑޭޓަކީ، ރައީީސް ޔާމީން ކަމަށް ނިންމައިގެން ތިބިއިރު، އޭރު އެ ފުރުސަތު ނުދިނީ ސުޕްރީމް ކޯޓުން ކަމަށެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ރައީީސް ޔާމީން އޭރު އެދިލެއްވި ގޮތަށް ރިޔާސީ އިންތިހާބު ”ބޮއިކޮޓް“ ނުކުރެވޭނެ ކަމަށާއި، އެކަން އެގޮތަށް ކުރި ނަމަ، މިއަދު ވެސް ޕީޕީއެމް/ޕީއެންސީ ތިބެން ޖެހޭނީ މަގ

 

ެ